ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ޗަމްޕާގެ ރިސޯޓްތަކުން ސްރީލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއެއް

Mm

ތޫފާން ދީތުވާގެ ސަބަބުން ފެންބޮޑުވެ، ބޮޑެތި ގެއްލުން ލިބިފައިވާ ސްރީ ލަންކާ އަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،001 ޑޮލަރު މިއަދު ހަދިޔާކޮށްފިއެވެ.

ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓުން ލަންކާ އަށް ފައިސާގެ އެހީ ދިނީ އެ ގައުމަށް އެހީވާން ޕީއެސްއެމުން އިސްނަގައިގެން ބައެއް އަމިއްލަ މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު ފެށި ޓެލެތޯން މެދުވެރިކޮށެވެ.

މިއަދުގެ މެންދުރާ ހަމައަަށް މި ޓެލެތޯންގައި އެންމެ ގިނައިން ޑޮލަރު ހަދިޔާކުރީ ވެސް ޗަމްޕާ ރިސޯޓްސް އިންނެވެ.

ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންގެ 25 ޕަސެންޓަކީ ލަންކާ މީހުންނެވެ.

ލަންކާ އަށް ރާއްޖެ އިން އެެހީވާން ކުރިއަށް ގެންދާ ޓެލެތޯން އަށް މިއަދުގެ މެންދުރާ ހަމައަށް 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ހަދިޔާކުރި 300،000ރ. ވެސް ހިމެނެ އެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވުމަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ވެސް ވަނީ ނިންމާފަ އެވެ.

ލަންކާއަށް އެހީވުމަށް ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 ނަމްބަރު އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗަމްޕާ ރިސޯޓުތަކުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ޑޮލަރުންދޭން ފަށައިފި

990

ލަންކާގައި އުޅޭ ދިވެހީން ކުރިއަށްގެންދާ އެހީގެ ހަރަކާތް ވަރަށް ކާމިޔާބު!

Mm

ލަންކާ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

TTH_advertisement