ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން އިސްނަގައިގެން ޓެލަތޯނެއް ބާއްވަނީ

Ii

ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން “ދީތުވާ” ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.

އެ ޓެލެތޯން ކުރިއަށް ގެންދަން ޕީއެސްއެމުން ނިންމާފައި ވަނީ މާދަމާގެ ހެނދުނު ނުވަޔަކުން މާދަމާ ރޭގެ މެންދަމު އެކެއް ޖަހަންދެންނެވެ.

ޕީއެސްއެމުން މިއަދު ބުނީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ އަދި އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާއިރު އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ މީޑިއާ ތަކަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތަކަށް ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ތޫފާން ޑިތުވާގެ ސަބަބުން ލަންކާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާ ކުރަން ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް

TTH_advertisement