ކުއްލި ޚަބަރު

މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޑްރަގްގެ މައްސަލައެއްގައި ގަމުން ދެ މީހަކު ހައްޔަރުކޮށްފި

ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ސްޓެލްކޯ އިން ރަށްރަށަށް ޖަނެރޭޓަރުތައް ފޮނުވަނީ

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

addu city

ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ މާކުރިންވެސް އޮތް މައްސަލައެއް ކަމަށެވެ. އަދި މިއަދު މި މައްސަލަ ދިމާވެގެން އުޅެނީ، މީގެކުރިން މިކަން ޙައްލު ކުރުމަށް މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ.

މީގެއިތުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ދައްކާ ކަމަށާއި، މީގެތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހުރީ ހަލާކުވެފައި ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އަދި އައްޑޫގެ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދާއި ހަމައަށް އެ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެ ޝަޓްޑައުންވެފައި ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މި ރޯދަމަހަށް އަޅުގަނޑުމެން އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އެބަ އަރުވަން. މިއަދާއި ހަމައަށް އަޅުގަނޑުމެން 12 މެގަވޮޓް އެރުވިއްޖެ. އަދި އޭގެ އިތުރުން މި 1.8 މެގަވޮޓް އެރުވީމަ ގާތްގަނޑަކަށް 13، 14 މެގަވޮޓް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ. ހަލާކުވެފައި ހުރި އެއްޗެހީގެ ތެރެއިން އަޅުގަނޑުމެންނަށް ހެދޭ އެއްޗެހީގެ ތެރެއިން މެކްސިމަމް ހުރިހައި އެއްޗެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. ބޭނުންވާ މެޓީރިއަލްސް ސްޕެއަރ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލިބި މަސައްކަތް ފެށި އިރާދަކުރެއްވިއްޔާ ހެދެން ހުރި ހުރިހައި އެއްޗެއް ހެދި އަޕްކޮށް ގާތްގަނޑަކަށް 16 ނުވަތަ 17 މެގަ ވޮޓް މިބަލަނީ ސިސްޓަމްއަށް ގެނެވޭނެތޯ.” ނަޖާޙް

ނަޖާޙް ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ފެނަކައިން ކުރަމުންދާ ކަމަށެވެ. އައްޑޫގައި މިހާރު ލޯޑް ބޮޑުވާއިރު، އަރަނީ 13 މެގަ ވޯޓަށެވެ. އެހެންކަމުން ރަމަޟާން މަހަށް ގެންނަ އިތުރު ޖަނަރޭޓަރާއިއެކު ލޯޑު ހިފެހެއްޓޭނެ ކަމަށްވެސް ނަޖާޙް ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީޑިއަމް ސްޕީޑުގެ ޕަވަރ ޖަނަރޭޓަރަށް އައްޑޫގެ ޕަވަރ ޖަނަރޭޝަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ކުރަނީ 6 މެގަވޮޓުގެ 5 ޖަނަރޭޓަރު ބެހެއްޓުމަށް ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ. އެއީ، 30 މެގަވޮޓުގެ ކަރަންޓެވެ.

މި މަސައްކަތް ފެށުމަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެނަކައިގެ ޓެކްނިކަލް ޓީމުތައް އައްޑޫއަށް ދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި އަމާޒަކީ، ދޮޅު އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލުންކަންވެސް އެކުންފުނިންވަނީ ފާހަގަކޮށްފައެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

addu

ވިއްސާރައިގައި އައްޑޫގެ 4 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

addu

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

TTH_advertisement