ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ކެޕޭސިޓީ އިތުރުކުރުމަށް ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވާނެ: ނަޖާޙް

ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.

ނަޖާޙް ވިދާޅުވީ، މިމުއްދަތުގެ ތެރޭގައި ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާއާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއްވެސް ފެނަކައިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަކީ، ރާއްޖޭގެ 157 ރަށެއްގެ ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ މައި ކުންފުންޏެވެ. ފެނަކައިން އަންނަނީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލު ކުރުމަށް މުހިއްމު މަޝްރޫޢުތަކެއް ހިންގަމުންނެވެ. ޕީ.އެސް.އެމް ނިއުސްގެ “ހަފުތާ 104″ގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ވޭތުވެދިޔަ 2 އަހަރު އެކި ރަށްރަށަށް މުޅިން އައު 93 ޖެނެރޭޓަރު ފޮނުވާފައިވާ ކަމަށެވެ.

މީގެތެރޭގައި 2024 ވަނަ އަހަރު 57 ޖެނެރޭޓަރު ފޮނުވާފައިވާއިރު، މިއަހަރުގެ ތެރޭގައި 36 ޖެނެރޭޓަރު ވަނީ ފޮނުވާފައެވެ. ނަޖާޙް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓުގެ ޑިމާންޑު އިތުރުވާނެ ކަމަށް ބަލައިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިހާރު 48 ޖަނަރޭޓަރު ގެނައުމަށް ޢިއުލާންކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ހަމައެކަނި ޖަނަރޭޓަރު ގެންނަނީއެއްވެސް ނޫން. ބައެއް ބޭފުޅުން ހިތަށް އަރާވަޑައިގެންފާނެކަންނޭނގެ، އަޅުގަނޑުމެން ޖެނެރޭޓަރު އޯވަރ ހޯލް ކުރުމުގެ މަސައްކަތްވެސް އެބަކުރަން. އެގޮތުން 47 ޖެނެރޭޓަރު އޯވަރ ހޯލް ކޮށްފައިވާނެ. އެއީވެސް ބޮޑު ކާމިޔާބީއެއް.” ނަޖާޙް ވިދާޅުވިއެވެ.

ކަރަންޓުގެ އިތުރުން ފެނަކައިން ދަނީ، ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 48 ރަށެއްގެ ފެނުގެ ޚިދުމަތް ގުޅާދީފައިވާއިރު، 28 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ވަނީ ގުޅައިދީފައެވެ. މީގެއިތުރުން 13 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ތެލުން ކަރަންޓު އުފެއްދުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަ ކުރުމަށް ފެނަކައިގެ ތެރެއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިޔާދަކުރަނިވި ޙަކަތަ ބޭނުން ކޮށްގެން ކަރަންޓު ދިނުމަށް 2 މަޝްރޫޢެއްގެ ދަށުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕޮއިސް މަޝްރޫޢުގެ ދަށުން 12 ރަށެއްގެ މަސައްކަތް ނިމިފައިވާއިރު، 25 ރަށުގެ މަސައްކަތް ދަނީ ކުރަމުންނެވެ. “މަގޭ ސޯލާ” މަޝްރޫޢުގެ ދަށުން 187 ރަށެއްގައި ސޯލާ ހަރުކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިމަސައްކަތްތަކާއެކު ފެނަކައިން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިގެ ތެރެއިން 4.8 މިލިއަން ރުފިޔާ މިދިޔަ 2024 ވަނަ އަހަރު ސަލާމަތްކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

ފެނަކަ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

addu city

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

ފެނަކަ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީއާއެކު މަސައްކަތްކުރަން މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި

TTH_advertisement