ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަން  އިން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި

ރައީސް މުއިއްޒު މާލޭ “ޒުވާނުންގެ ވެހި” ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ކައުންޓަރ ޓެރަރިޒަމް ކޯލިޝަން  އިން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

Whatsapp image 2025 11 21 at 10.14.47

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) ދިވެހިރާއްޖޭގައި ބޭއްވި ތަމްރީނު ދިނުމުގެ ސިލްސިލާ ޕްރޮގްރާމާއި، ފިކުރީ ދާއިރާ އަށް ޚާއްޞަ މަސައްކަތު ބައްދަލުވުންތައް ނިންމާލައިފިއެވެ.

މިއީ، ހަރުކަށިކަމާ ދެކޮޅަށް މަސއްކަތްކުރާ ޤައުމީ ފަރާތްތަކުގެ ޤާބިލިއްޔަތުކަން ކުރިއަރުވައި، ފިކުރީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް އަމާޒުކޮށް އެ ކޯލިޝަންގެ އިސްތިރާޖީ އިސްނެގުމުގެ މަތިން “ޕްރިވެންޝަން” ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމާލި ދުވަހު ފާހަގަކުރެވިގެންދިޔައީ، “ފިކުރީ ޙައްދުފަހަނައެޅުމުގެ ޢަލާމާތްތަކާއި އޭގެ ނުރައްކާތައް” މި ނަމުގައި، ސަޢޫދީ ޢަރަބިޔާގެ އުއްމުލް ޤުރާ ޔުނިވާސިޓީގެ އިސްލާމީ ފިޤްހު ގެ ދާއިރާގެ ޕްރޮފެސަރ ޑރ. ޢާރިފު ޢަވަޟް އައްރިކާބީ ދެއްވި ލެކްޗަރ އެވެ. މިއީ، މި ވޯކްޝޮޕްގެ އެންމެ ފަހު އައިޓަމެވެ. މި ލެކްޗަރ އަޑުއެއްސެވުމަށް ޓަކައި، މިނިސްޓްރީ އޮފް ޑިފެންސާއި، ދިވެހިރާއްޖޭގެ ޕޮލިހާއި، ދިވެހިރާއްޖޭގެ ކަސްޓަމްސް ގެ އިސް ބައެއް ބޭފުޅުން ޙާޒިރުވެ ވަޑައިގެންނެވި އެވެ.

މި ލެކްޗަރ ފޯކަސްކުރެއްވީ، ހަރުކަށި ފިކުރު ގެންގުޅޭކަން ފިކުރީގޮތުން ފުރަތަމަކޮޅު އަންގައިދޭ ކަންތައްތައް ތަޙުލީލުކުރުމަށާއި، ތަޢުލީމީ އަދި އިޖްތިމާޢީ މާޙައުލުތަކުގައި ޙައްދުން ނާއްޓައިދިއުމުގެ ފިކުރުތައް އުފެދިގެން ދިއުމުގެ ގޮތްތައް އޮޅުންފިލުވައިދެއްވުމަށާއި، ހަރުކަށި ފިކުރުގެ ސަބަބުން މުޖްތަމަޢުތަކުގެ ސަލާމަތާއި، އިސްތިޤްރާރަށް ހުރި ނުރައްކާތައް ދައްކަވާދެއްވުމަށެވެ.

ޑރ. ރިކާބީ ދެއްވި ލެކްޗަރ ގައި އަލިއަޅުއްވާލެއްވި ނުކުތާތަކުގެ ތެރޭގައި، ފިކުރީ ޙައްދުފަހަނައެޅުންތައް މޮނިޓަރކުރުމަށް ބޭނުންކުރެވޭ އެންމެ ފާހަގަކޮށްލެވޭ ޢީލްމީ އާލާތްތަކާއި، އެކަށީގެންވާ ތަރުބަވީ ވަސީލަތްތައް ބޭނުންކޮށްގެން އެކަންތައްތަކާ ކުރިމަތިލާނެ ގޮތްތައް ހިމެނެ އެވެ. އޭގެ އިތުރަށް، ހަރުކަށިކަން ނައްތާލައި، މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ ބައިނަލް އަޤްވާމީ ކާމިޔާބު މޮޑެލްތައް ވެސް ހުށަހަޅުއްވާދެއްވިއެވެ.

މި ޙަރަކާތްތައް ބޭއްވިފައިވަނީ، އައިއެމްސީޓީސީ އިން މެމްބަރ ޤައުމުތަކުގައި “ޕްރިވެންޝަން” ގެ ނަމުގައި ބޭއްވުމަށް ފަށްޓާފައިވާ ފިކުރީ އިސްނެގުމުގެ ބައެއްގެ ގޮތުގައެވެ. އަމާޒަކީ، ފިކުރީ ހޭލުންތެރިކަމުގެ ލެވެލް މަތިކުރުމާއި، ރައްކާތެރި ތަޢުލީމީ މާޙައުލުތަކެއް ބިނާކުރުމަށް ކަމުގެ ޚާއްޞަ މީހުންނަށް މަގުފަހިކޮށްދިނުމާއި، ހަރުކަށި ފިކުރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެ މީހުންގެ ހުނަރުތައް ކުރިއެރުވުމެވެ. އޭގެ ސަބަބުން، ޒުވާނުން ހިމާޔަތްކޮށް، މުޖްތަމަޢުތަކުގެ ހަމަޖެހުމަށް އެހީތެރިކަން ދެއެވެ.

ދިވެހިރާއްޖޭގައި ފިކުރީ މައިދާނުގައި އައިއެމްސީޓީސީ އިން ކުރި މަސައްކަތްތައް ނިންމާލަމުން އެ ކޯލިޝަނުން ޔަޤީންކޮށްދެނީ، މެމްބަރ ޤައުމުތަކަށް އެހީތެރިވުމުގައި ފެންވަރު ރަނގަޅު މަތީ ފެންވަރުގެ ޕްރޮގްރާމްތައް އިތުރަށް ބާއްވާނެ ކަމަށެވެ. އެއީ، މެދުމިނުގެ އުސްލޫބުތައް ހަރުލެއްވުމަށާއި، ތަފާތު އެކި ދާއިރާރަކުގައި، ހަރުކަށިކަމާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 11 17 at 19.06.52

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

TTH_advertisement