ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ކުންފުނިތަކުން ސަރުކާރަށް ޓެކްސް ދައްކާކަންކަން ވަރަށް ރަނގަޅަށް ދަމަހައްޓަމުންދާކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސް ފަދަ ޓެކްސްތައް ދައްކާއިރު ދިވެހި ކުންފުނިތަކުން ވަރަށް ގަވައިދުން އަމަލުކުރަމުންދާކަން ފާހަގަވާ ކަމަށެވެ.
މީގެއިތުރުން ވަޒީރު ފާހަގަކުރެއްވީ ދިވެހި ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކުން ދިގުމުއްދަތުގައި ގައުމަށް ފައިދާކުރާކަމަށާއި، އެހެންކަމުން އެކުންފުނިތަކަށް އެހީތެރިވެދެއްވުމަށާއި ކަންކަން މަގުފަހިކޮށްދިނުން މުހިންމުކަމަށެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުން ޓެކްސް ދެއްކުމުގައި ދިމާވާ ބައެއް މައްސަލަތައް ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު