ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

778

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޚިދުމަތް ކޮށްދެއްވާފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަފުލާގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ މި ގައުމަށް ލިބިފައި ހުރި ޖަވާހިރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން އުންމީދު ކުރި ވަރަށްވުރެ ފުރިހަމައަށް ޚިދުމަތްކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އުންމީދުކުރި ވަރަށް ވުރެ ފުރިހަމައަށް މި ދެ އަހަރު ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި” ފަލާހު ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ރައީސް މުއިއްޒު ހައްލުކޮށްދެއްވަމުން އަންނަ ކަމަށެވެ.

ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވާދެއްވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ކޭކެއް ފަޅާފައެވެ. އޭގެއިތުރަށް، މި ހަފުލާގައި ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ އިތުރުން އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ތާރީޚު ބަދަލުކޮށްލި ބޮޑު ޖަލްސާ؛ 13،000 މީހުންނާއިއެކު މަގުތަށް ފުރިބާރުވެއްޖެ

Whatsapp image 2025 11 14 at 22.35.07

ކުރީގެ މިނިސްޓަރު މަހުލޫފް ޕީއެންސީއަށް ސޮއިކުރައްވައިފި

Dd

ޕީއެންސީގެ ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ: އަބްދުއްރަހީމް

Mal

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަނީ

TTH_advertisement