ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ދައުލަތުގެ އެހީގައި މިއަހަރު އައިވީއެފް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި

Igmh

ދައުލަތުގެ އެހީގައި، އައިވީއެފް (އިން ވިޓްރޯ ފަރޓިލައިޒޭޝަން) ހެދުމުގެ ފުރުޞަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.

އެންސްޕާއިން އިއްޔެ އާއްމުކުރި އިޢުލާނުގައި ބުނެފައިވަނީ، “ފަރޓިލިޓީ ކެއަރ ފަންޑް” މެދުވެރިކޮށް މިއަހަރު “އައިވީއެފް” ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

އެންސްޕާއިން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، 2025 ވަނަ އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެވެ.

އައިވީއެފްގެ ފަރުވާ ބޭނުންވާ ފަރާތްތަކުން https://one.gov.mv ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އެންސްޕާއިން ބުނީ “އައިޔޫއައި” އަދި “އައިވީއެފް” ގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުޞޫލު އެޖެންސީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާނެ ކަމަށެވެ. މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ދަރިމައިވުމުގެ މައްސަލަތަކުގައި ރާއްޖޭން ބޭރުން ފަރުވާ ހޯދުން މަދުކޮށް، އެ ޚިދުމަތް ރާއްޖޭން ލިބޭނެގޮތް ފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ސަރުކާރުން މިހާރު ވެސް އަންނަނީ އައިވީއެފް ހެދުމަށް އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެންސްޕާއިން މި މަހު އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް އައިވީއެފްގެ ފަރުވާއަށް 7.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެ މުއްދަތުގައި 93 އަންހެނަކަށް އައިވީއެފް ފަރުވާގެ އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާއިން ކުރިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އައިވީއެފްއަށް އެންސްޕާއިން ޚަރަދުކުރީ 4.7 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

nspa

އެންސްޕާއިން މިދިޔަމަހު 18.9 މިލިޔަން ރުފިޔާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް

TTH_advertisement