ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ނިޒާމުން ގުޅައިލެވޭނީ އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށާ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން އެއާޕޯޓްތަކާއި ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އައީ ހަތަރު ރަށުގައި ކަމަށާއި، މިހާރު 12 އަތޮޅެއްގައި އެ ހިދުމަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އާރްޓީއެލްގެ ހިދުމަތް ދެނީ ހއ. ހދ. ށ. ނ. ރ. ބ. ޅ. ތ. ގއ. ގދ. އަދި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީގެ ހިދުމަތް ގާއިމްކޮށް ނިންމައި ނުލެވޭނެ ނަމަވެސް އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅައިލެވޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު