ކުއްލި ޚަބަރު

ކުރީގެ މިނިސްޓަރު މަހުލޫފް ޕީއެންސީއަށް ސޮއިކުރައްވައިފި

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މާލެއިން އަތުލައިގެންފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށާއި، ބާކީ ބަޔަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ޑިސްކައުންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ދެއްވާފައެވެ. އޭގެތެރެއިން ރަމަޟާން މަހާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކޮށް، ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް މިއަހަރު ވެސް މަސްދަޅު ކޭހެއް ހަދިޔާކުރުމާއެކު، ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ.

“މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. އޭގެ އިތުރަށް، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. ބާކީ ބައި ޑިސްކައުންޓް” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއެކު އެންމެން އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުން ކުރަން ރާވާފައިވާ މުހިއްމު ހުރިހާ މަސައްކަތްތަކަކަށް އެޅޭ ހުރަހަކަށް ވާން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައޯމެޓްރިކްސް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރާނެ: ރައީސް

ޑްރަގުގެ ވަބާ މިރާއްޖެއިން ފުހެލާނަން: ރައީސް

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

TTH_advertisement