ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އުނގޫފާރާއި ދުވާފަރާ ދެމެދު ފެރީގެ ދަތުރުތައް އިތުރުކުރަނީ

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެ: ޚުޠުބާ

hukuru khuthuba

މުޖުތަމަޢުގައި ހިނގަމުންދާ ނޭދެވޭ ކަންކަން ހިނގަމުންދަނީ އީމާންކަމާއި އިޙުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ތައުޙީދުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުން” މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ އެކަންކަން ހިނގަމުން ދަނީ އަބަދާއި އަބަދު މާތްﷲ ބައްލަވާ ވޮޑިގެންވާ ކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ އަމަލުތަކާއި ބުނާ ބަސްތައް ލިޔުއްވަން ތިއްބަވާނޭކަން ކަށަވަރު ކޮސްދެވިފައި ނުވާތީ ކަމުގައެވެ.

އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާފަދަ ގޮތެއްގައި، ހަރުލެވިއްޖެނަމަ މީށްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ!

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން ލިބިގަނެވޭ ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެކަން ފާހަގަވާ ކަމުގައެވެ. އަދި ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާނެޖެހޭނެކަން ފާހަގަވާކަމަށް ވިދާޅުވަމުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ހަމަ އެފަދައިން ނޭގޭ ކަމެއްގެ ސުވާލު ކުރެވިއްޖެނަމ ަނޭގޭ ވާހަކަ ބުނުމަކީވެސް މުދައްރިސްގެ ގަދަރު އުނިވާނެކަމެއް ނޫންކަންވެސް ދެނެގަންނަންޖެހޭ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދޭށެވެ: ޚުޠުބާ

hukuru khuthuba

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ޚުޠުބާ

hukuru khuthuba

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު: ޚުތުބާ

hukuru khuthuba

މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ: ޚުޠުބާ

TTH_advertisement