ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން މިއަހަރުގެ މިހާތަނަށް 300،352 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވާ 263،042 ޗައިނާ ޓޫރިސްޓުންނާ އަޅާބަލާއިރު ކަމުދާ އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރަޝިއާއިން 239،004 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 168،597 ޓޫރިސްޓުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 1.8 މިލިއަން ޓޫރިސްޓުންގެ ތެރެއިން 15 ޕަސެންޓަކީ ޗައިނާ ޓޫރިސްޓުންނެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރެކޯޑްކުރި 1.7 މިލިއަންއާ އަޅާބަލާއިރު 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ހިޔާލު