ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖެ އާއި ފަލަސްޠީނު މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

Palestine team

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްވެނިއަރ ޓިކެޓް ވިއްކަން ފަށައިފިއެވެ. މި ދެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.

ޓިކެޓް ވިއްކާ އަގުތަކަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ޕްލެޓިނަމް ޓިކެޓް (ވީއައިޕީ ރޮސްޓްރޮމް) އާއި 200 ގޯލްޑް ޓިކެޓް (ވީއައިޕީ ގޮނޑިބަރި) ވިއްކަން ވަނީ ހަމަޖެހިފައެވެ.

ޓިކެޓް ގަތުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްއަޕް މެދުވެރިކޮށް މެސެޖުކޮށްގެންވެސް ލިބޭނެއެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ މާދަމާ (ބުރާސްފަތި ދުވަހު) ހެނދުނު 9:00 ން މެންދުރު 12:00 އަށާއި، އަދި މެންދުރު 14:00 ން އިރުއޮއްސި 18:00 އަށެވެ.

މި ދެ މެޗަށް ސްވެނިއަރ ޓިކެޓް ވިއްކި ނަމަވެސް، މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ. އެ ޓީމު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު، އެ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލަސްތީނުގައި ދައުލަތެއް ގާއިމްކުރަން ގޮވާލުމުގައި ފަސްނުޖެހޭ: ރައީސް

ޗަންޕާ އުއްޗު ފަލަސްޠީނު މެޗުގެ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފި

ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި

ކުޅުންތެރިން ސޮއިކުރި ޖޯޒީއާއި މިއަދުގެ މެޗުގެ ވީއައިޕީ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު

TTH_advertisement