ކުއްލި ޚަބަރު

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް ބޮޑުކޮށްފި

ބައިކިލޯ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި، ހާލު ރަނގަޅު

ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމުގެ މައްސަލަ ހައްލުވެއްޖެ

Fuvahulah atoll maldives banner

ފެން ތަޣައްޔަރުވި މައްސަލަ މިހާރު ހައްލުކުރެވިފަކަމަށާއި މިހާރު ކުރަމުންދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކަމަށާއި، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަށް ފުވައްމުލަކަށް ދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުންކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ނަޖާހު ވިދާޅުވި މައްސަލަ ހައްލުކޮށް، ފެން އުފެއްދުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. ނަމަވެސް އަދި ފެން ދޫނުކުރެވެނީ ފެން ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިމެނޭހެން ހަދާ ބައެއް ތަޙުލީލުތައް ކުރިއަށްދާތީކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް ނަޖާހު ވިދާޅުވިއެވެ. އެހެންކަމުން ފެނުގެ ނަތީޖާ ލިބި އަދި ލީކޭޖްގެ މައްސަލަ ހައްލުވެ، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަތް އަލުން ގުޅުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އިއްޔެ ވިދާޅުވީ، މި މައްސަލަ ވަރަށް ގާތުން ބަލާ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެރަށަށް ބޯފެން ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިއްޔެ މެންދުރާ ހަމައަށް 2000އަށްވުރެ ގިނަ ފެން ކޭސް އެމްއެންޑީއެފް މެދުވެރިކޮށް ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

Fuvahulah atoll maldives banner

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

TTH_advertisement