ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ ގޮވުމެއް: 8 މީހަކު މަރުވެ 24 މީހަކު ޒަޙަމްވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ރެޑްފޯޓް ކައިރީގައި މިއަދު ހިނގި ބާރުގަދަ ގޮވުމެއްގައި އަށް މީހަކު މަރުވެ، 24 މީހަކު ޒަޚަމްވެއްޖެ ކަމަށް އެންޑީޓިވީން ރިޕޯޓްކޮށްފިއެވެ. ކާރެއްގެ ތެރޭގައި ހިނގި މި ގޮވުން ގޮވާފައިވަނީ ކާރެއްގައި ކަމުގައި ބެލެވޭ ކަމަށާއި، މި ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ހިސާބުތަކުގައި ހައި އެލާޓް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޙަމްވި މީހުން ދިއްލީގެ ލޮކް ނަޔަކް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު، އެތައް ބަޔަކު މަރުވިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވެއެވެ. ދިއްލީ ފުލުހުން ހާމަކުރި ގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެއް ކަމަށާއި، މި ހާދިސާގައި ކައިރީގައި ހުރި ތިން ހަތަރު ވެހިކަލެއްގައި އަލިފާން ރޯވެ ގެއްލުން ލިބިފައިވާ ކަމަށެވެ. ގޮވުން ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މުމްބާއީ، ޖައިޕޫރު، އުއްތަރަ ޕްރަދޭޝް އަދި އުއްތަރަކަންޑު ފަދަ ސިޓީތަކުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހައި އެލާޓް އިއުލާންކޮށްފައިވާ ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ޔަހޫދީންނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓް ލިބިގެން އިންޑިއާގެ ބައެއް ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު އަޅައިފި

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

ދިއްލީގައި ބާރުގަދަ އެއްޗެއް ގޮއްވައި ބަޔަކު މަރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

TTH_advertisement