ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެޕްރެންޓިސް ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ, އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ބައިވެރިވެފައިވާއިރު މިއީ, އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ.

މި ޕްރޮގްރާމް ފެށްޓެވުމަށް ޓަކައި އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮގްރާމްގެ ފެށުން ފާހަގަކުރުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހެމާނު ޖަވާޒް ވަނީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމްޕީއެލްއިން ދައްކާފައިވާ ފުރިހަމަކަމަށް ތައުރީފު ކުރައްވާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާ ކަމުގެ މައްޗަށް ޖަވާޒް ވަނީ އަލިއަޅުއްވާލައްވާފައެވެ.

“ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިހާތަނަށް ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން 72 އިންސައްތަ ބައިވެރިންނަށް ވަޒިފާގެ ފުރުސަތު ލިބިފައިވޭ.” ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގައި މި ޕްރޮގްރާމްގެ ކާމިޔާބުކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މިނިސްޓަރު ޖަވާޒް ވިދާޅުވިއެވެ.

ފޮޓޯ: އެމްޕީއެލް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީންތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

“މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން. އަދި މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލް ކުދިންނަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ.” މި ޕްރޮގްރާމަކީ މެރިޓައިމްގެ ދާއިރާއިން ކުރިއަށްދާނެ ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވަމުން ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

ފޮޓޯ: އެމްޕީއެލް

މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޕީ.އެލްއިން މިފަހަރު ކުރިއަށްގެންދާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެ ދާއިރާތަކަކީ:

1. މެރިން މެކޭނިކް އެޕްރެންޓިސް

2. ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް

3. އިލެކްޓްރިޝަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް

4. އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް

5. ފަރުނީޗަރު ކާޕެންޓްރީ އެޕްރެންޓިސް

6. ވެލްޑިން ޓެކްނީކްސް އެޕްރެންޓިސް

މި ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމްޕީއެލްއިން ހާމަކުރި ގޮތުގައި, ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކުގައި ޒުވާނުންގެ ބައިިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާ އާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމްޕީއެލްގެ މުހިންމު އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލް އާއި ކަސްޓަމްސްއިން އުފުލާލައިފި

WhatsApp Image 2026 02 07 at 19.51.45

ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓަން އެއްބަސްވުމެއްގައި ސޮއިކޮށްފި

778

އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

WhatsApp Image 2026 02 05 at 16.35.13

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

TTH_advertisement