ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ތ. ގުރައިދޫ އާއި ތިމަރަފުށީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

ތ. ގުރައިދު އާއި ތިމަރަފުށީގައި އައިޑީކާޑް ޕްރިންޓްކޮށް ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނީ ތ. އަތޮޅުގެ ވޭމަންޑޫއާއި ވިލުފުށީގައި މި ޚިދުމަތް ކުރިން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި ކުރިން މާލެއިން އެކަނި ލިބޭ އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް މިހާރު ވަނީ ފަށައިފައެވެ. މި ޚިދުމަތް ވަނީ ކަނޑައެޅި ތާރީޚަށް ވުރެ ތިން މަސް ދުވަސް ކުރިން ފުރިހަމަކޮށްފަ އެވެ.

ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އައިޑީ ކާޑުގެ ޚިދުމަތް ވަނީ މެލޭޝިއާގައި މިހާރު ފަށައިފަ އެވެ. އަދި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސި ވިލާތުގައި ވެސް މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތ. ގުރައިދޫގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ގުރައިދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އައްޑޫ މީދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ

ގުރައިދޫގެ މަގުތައް ތަރައްގީކުރުމުހެ 74 މިލިއަން ރުފިޔާގެ މަޝްރޫއު ފަށައިފި

TTH_advertisement