ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ފެނަކަ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީއާއެކު މަސައްކަތްކުރަން މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކޮރަޕްޝަން މައްސަލަތައް ބެލުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ފާސްކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހާއްސަ އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން، ފެނަކައިގެ އޮޑިޓް ރިޕޯޓާއި، އެ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގާ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓާއި، ފެނަަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު އަދި މުދަލާއި ހިދުމަތް ހޯދުމާއި، ކުންފުނީގެ މާލީ ހާލަތާއި ހިސާބު ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު ދިރާސާކޮށް އެ ރިޕޯޓްތަކުން ފާހަގަކުރެވޭ ކޮރަޕްޝަން މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ވަނީ ބަލަން ނިންމައިފައެވެ. އަދި އެކަމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މާލިއްޔަތު ކޮމީޓީގެ ސަބް ކޮމިޓީއެއް ކަނޑައަޅައި އެ ސަބް ކޮމިޓީއާ އެކަމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

އެ މައްސަލަތަކާ ބެހޭގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މާލިއްޔަތު ކޮމިޓީން މީގެކުރިން ބެލި، ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތައް ކުރިއަށް ގެންދިޔައީ އޭސީސީއާ ގުޅިގެން ކަމަށެވެ.

އެގޮތުން އޭސީސީއަށް ގާނޫނުން ލިބިދޭ ބާރުތައް ބޭނުންކޮށްގެން ކޮމިޓީގެ ތަހުގީގަށް ވަރަށް ބޮޑެތި އެހީތެރިކަން އޭސީސީން ފޯރުކޮށްދިން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފެނަކައިގެ ކޮރަޕްޝަން މައްސަލަތައް ބަލާއިރު އޭސީސީއާއެކު މަސައްކަތް ކުރުމަށް ނާޒިމް އިރުޝާދު ދެއްވިއެވެ.

އެކަމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު އޭސީސީއާ ގުޅިގެން ކުރިއަށް ގެންދަން މެންބަރަކު ހުށަހަޅުއްވައި ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Yamin

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު

Izaam

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ACC

އިންތިޚާބާ ދިމާކޮށް ކައުންސިލްގެ ވަސީލަތްތަކާއި މަޤާމުގެ ނުފޫޒު ބޭނުންކުރާކަން ފާހަގަކުރެވިފައިވޭ: އޭސީސީ

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

TTH_advertisement