ނަޞްރުގެ ދުވަހުގެ މުނާސަބާގައި ހުޅުމާލެ ޕޮލިސްއިން “ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން” ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓުން ބައިވެރިވެ، ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ބާއްވައި، ޤައުމީ ދިދަ ވިހުރުވައި، ޝަހީދުވި ފަރާތްތަކަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުޢާކުރިއެވެ.
މި ހަރަކާތުގައި ވަނީ “ނަޞްރުގެ ފަސާނާ” ހުޅުވައިލައިފައެވެ. މި ފަސާނާއަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި ހަނގުރާމައިގެ ވާހަކަ ފޮޓޯތަކުންނާއި ލިޔުމުން ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މާލަމެކެވެ. ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ މި ފަސާނާ ބަލައި، ނަޞްރުގެ ދުވަހާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައެވެ. ނަޞްރުގެ ފަސާނާ 6 ނޮވެންބަރުގެ ރެއާ ހަމައަށް ހުޅުވާފައިވާނެ ކަމަށާއި، ސްކޫލްތަކާއި އޮފީސްތަކަށް ވެސް ބަލައިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު