ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

“ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މީޑިއާ ދާއިރާއަށް ޝައުގިވެރި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ “ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ޕްރޮގްރާމްއަކީ 6 މަސްދުވަހަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

“ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025″ގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަމްރީންކޮށް އުފެއްދުމެވެ. ޕީއެސްއެމްއިން ބުނީ މި ޕްރޮގްރާމްގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ބައިވެރިންނަށް ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގެ ހުނަރު ދަސްވެ ޕްރޮފެޝަނަލް ޕޯޓްފޯލިއޯއެއް އެކުލަވާލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. މީގެ އިތުރުން ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދައި ވަޒީފާގެ ދާއިރާއަށް ނުކުތުމަށް މަގުފަހިވާނެކަމަށްވެސް ޕީއެސްއެމްއިން ބުނެއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ފަރާތްތަކަށް ޕީއެސްއެމްގެ ދާއިމީ ވަޒީފާގެ ފުރުޞަތު ލިބޭނެއެވެ.

މި ޕްރޮގްރާމަށް 15 ބައިވެރިއަކު ބޭނުންވާއިރު މަސައްކަތްކުރަން ޖެހެނީ ޕީއެސްއެމްގެ ޓީވީ ޕްރޮޑަކްޝަނާއި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓުމަންޓުގައެވެ. މި ޕްރޮގްރާމްގެ ދަށުން ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރަންޖެއެވެ. އަދި އުޖޫރައެއްގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅާފައިވާއިރު ފެލޯޝިޕް އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމްގައި އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވުމަށް ހުށަހެޅޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުން ޝަރުތުތަކާ އެއްގޮތަށް ތަޢުލީމީ ތަޖުރިބާއަށް ބަލާ ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް އިންޓަވިިއުއަށް ދަޢުވަތު ދޭނެއެވެ. އަދި މި ޕްރޮގްރަމައަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާގެ އިތުރުން އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށްކަމަށް ޕީއެސްއެމްއިން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެމީހެއްގެ ސީވީއާއި އައިޑީ ކާޑްގެ ކޮޕީއާއި އެޓެސްޓްކޮސްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. އަދި ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުމާއި 4 މަސް ނުވާ ޕޮލިސް ރިޕޯޓްވެސް ހުށަހަޅަންޖެހެއެވެ.

މި ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މިއަންނަ މަހުގެ 9ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޕީއެސްއެމްގެ ވެބްސައިޓްwww.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެވޭނެއެވެ. ނުވަތަ [email protected] އަށްވެސް ލިޔުންތައް މެއިލްކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް

TTH_advertisement