ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

“ޖެނަރޭޝަނަލް ބޭން” ޚާއްސަ ޓެލެތޯން ފަށަނީ

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ “ޖެނަރޭޝަނަލް ބޭން”އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލަތޯންއް މިއަދު ފަށާނެއެވެ.

މިއީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލަތޯންއެކެވެ.

މި ޓެލަތޯން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45ގައެވެ. މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ޓެލަތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ.

މި ޓެލަތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދޭނެއެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައް ގެނެސްދިނުމުގެ އިތުރައް ތަފާތު ބައިތައް މި ޓެލެތޯންގައި ހިމެނޭނެއެވެ.

މި ޓެލަތޯންގެ ތެރެއިން ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން ބާއްވާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައްވެސް ގެނެސްދޭނެއެވެ. އެކުވެނި ޓްރެކްގައި ބާއްވާ ދުވުން ފަށާނީ މިއަދު ހަވީރު 4 ޖަހާއިރުގައެވެ. ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ ދުވުން ނިންމާލަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

ޖެނަރޭޝަނަަލް ބޭންއަކީ ޖީލުތަކުގެ ދުޅެހެޔޮކަމަަށް ކުރެވޭ ބޮޑު އިންވެސްޓުމެންޓެއް: ސާޖިދާ

TTH_advertisement