ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން އަލްހާނަށް ދަޢުވާނުކުރަން ނިންމައިފި

އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމްގެ ތެރެއިން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން ދަޢުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތަޢާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލާގައި ދަޢުވާ ލިބޭ 3 މީހުންނަކީ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީއާއި ޞަޙުބާން ފަހުމީއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ދަޢުވާ ލިބޭ މީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހަކަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާ ލިބޭ މީހުން އެދިފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް ބަދަލު ލިބެންޖެހޭ މީހުން ބުނެފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ.

އެއާއެކު މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ މީހުން ބުނެފައިވާތީ، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ޓެކުމުގެ ކުށުގެ 13 ދަޢުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި، ދަޢުވާކުރަން ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްގެންދަވާކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީ އިސްވެ އުފެއްދި ކުންފުންޏެކެވެ. މި ކުންފުނިން މެދުވެރިކޮށް ހިންގި ޕޮންޒީ ސްކީމާ ގުޅިގެން 39 ދަޢުވާއެއް ކޮށްފައިވާކަމަށާއި މި ސްކީމަށް އެކި ފަރާތްތަކުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް މީގެ ކުރިން ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި “ޓެކުން” ކަމަށް މާނަކޮށްފައިވަނީ އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ޚިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG Office

ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފި

Abb

އިރުފާންގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ޕީޖީން ޑީޖޭއޭއަށް

PG

ފެނަކައިގެ ކޮރަޕްޝަން ތަހުގީގުތައް އަވަސްކުރަން ޕީޖީ އަންގަވައިފި

Original 1758788195194

މޫސަ މަރާލި މައްސަލައިގައި ދައުވާކޮށް ދޭން ފޮނުވައިފި

TTH_advertisement