ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު ކަމަށެވެ. އެކަމަކު، އެއީ ކޮން ބޭންކެއް ކަމެއް ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ.
ފައިސާތައް ހިފައިގެން އާ ޓާމިނަލަށް ވަންނަން ދިޔައީ ބޭންކެއްގެ ދެ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު