ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް

ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށްކަމަށް ބަޔާންކޮށް އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އެއަރ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުން ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއްކަމަށެވެ. އަދި އައު ގަވާއިދުގެ ދަށުން ދިވެހި ވިޔަފާރިތައް ކުރިއަރައި، ފުޅާވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ސިނާއަތުން ލިބެންޖެހޭ ވިޔަފާރި އަދި އިގްތިޞާދީ ފައިދާ ކުރާނީ ދިވެހި ވިޔަފާރިތަކާއި ރާއްޖޭގެ އިގްތިސާދަށެވެ.

ސަރުކާރުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ޚާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓާމިނަލްއާއެކު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ކުރިއެރުންތައް އައިސްފައެވެ. އައު ޓަރމިނަލް ފެސިލިޓީއަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެކެވެ. އައު ޓާމިނަލް ބޭނުން ކުރަން ފެށުމުގެ އިތުރަށް ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް އައު އުޅަނދުތައްވެސް ހޯދުމުގެ މަސައްކަތްވެސް ކުރެއެވެ. މިގޮތުން މޯލްޑިވިއަންގެ ޚިދުމަތަށް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައު އެއަރޕޯޓްތައް ތަރައްޤީކުރުމަށާއި މިހާރު ހުރި އެއަޕޯޓްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ތަންތަން ތަރައްޤީކުރަނީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އަލުން ހުޅުވާލައިފި

vehicle

އުޅަނދުތަކުގެ ޖޫރިމަނާ ހުއްޓަސް ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފި

traffic

ގަރާޖު ހުއްްދަ ނެގުމުގައި ރައްޔިތުންނަށް އޮތް ދަތިކަމަށް ލުއިތަކެއް ގެންނަން ނިންމައިފި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފި

TTH_advertisement