ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖެހިއްޖެއެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ވެވުނު މި ޕާޓްނަރްޝިޕްގެ ދަށުން، 24 އޮކްޓޯބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާރުތުގައި މެޑިކަލް ޚިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭނެއެވެ.

4,800 އަށްވުރެ ގިނަ ބައިވެރިން ވާދަކުރުމަށް ލަފާކުރެވޭ މި ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ރޭސްތައް ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މުބާރާތުގެ ދުވުން ހަމަޖެހިފައިވަ މަގުތަކުގައި މެޑިކަލް ޓީމުގެ ޓެންޓުތަކާއި، އެމްބިއުލަންސްގެ ޚިދުމަތާއެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިރޭހުގެ ކުރިން 21-22 އޮކްޓޯބަރުގައި ބޭއްވޭ ބިބް އެކްސްޕޯގައި ބައިވެރިންނަށް ހިލޭ ސިއްހީ ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

ދިވެހިރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި މުޖުތަމަޢުގެ އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ޓްރީޓޮޕް ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނަރޝިޕްއަކީ ބައިވެރިންގެ ރައްކާތެރިކަމަށް ދެވޭ އިސްކަމުގެ ހެއްކެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެހޮސްޕިޓަލުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original 1763189179252

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ވަނަތަކަށް އިނާމު ހަވާލުކޮށްފި

Mal

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި

Whatsapp image 2025 10 20 at 18.49.16

ޓްރީޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕުން 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

TTH_advertisement