ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ހިދުމަތް އިންދިރާ ގާންދީ މެމޯރިއަލް (އައިޖީއެމްއެޗް) ގައި ފަށައިފި އެވެ.

އައިޖީއެމްއެޗުން ދަނީ މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަމުންނެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ހަރަދުކުރާ ކިޑްނީ ބިލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މި ހިދުމަތް މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި ފުޅާކުރުމަށް ސަރުކާރުންވަނީ މަޝްރޫއުއް ފައްޓަވާފަ އެވެ. މާލެ ސަރަހައްދުގައި ސިއްހީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ހިދުމަތް ގާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ހިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެފައިވާ ކަމަށެވެ. އަދި މި ހިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް ކަންވެސް ސީއީއޯ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސީއީއޯ ވިދާޅުވީ ފުރަތަމަ ފަހަރަށް އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސް އަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ހިދުމަތްވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

” މި އޮކްޓޯބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނު. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ހާއްސަ ދިވެހި ޑޮކްޓަރުންގެ ޓީމަކުން”.ސީއީއޯ

މިހާރު މި ހިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދާކަމަށް އެ ސީއީއޯ ފާހަގަކުރެއްވި އެވެ. އަދި މިއީ ސިއްހީ ދާއިރާއިން ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައިވެސް ސީއީއޯ ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޖީއެމްއެޗްގައި އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

Mal

ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫން: އައިޖީއެމްއެޗް

އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް އައިޖީއެމްްއެޗްގައި ކާމިޔާބުކަމާއެކު ކޮށްފި

TTH_advertisement