ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ވަގަށް ނެގި 100 އަށްވުރެ ގިނަ ސައިކަލު ހޯދައިފި

ވަގަށް ނެގި 100 އަށްވުރެ ގިނަ ސައިކަލު މިދިޔަ މަހު ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު ރިކަވާ ކުރެވުނު މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 109 ސައިކަލު ވަނީ ހޯދާފަ އެވެ.

މި ސައިކަލުތަކުގެ ޖުމްލަ އަގު 6.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 20 މައްސަލައެއްގައި ހިމެނޭ ޖުމްލަ 588،822.76 ރުފިޔާ އާއި 13 މޯބައިލް ފޯނު ހޯދާފައިވެ އެވެ. މި ފޯނުތަކުގެ ޖުމްލަ އަގު 154،562 ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން 32،300 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނާއި 43،115 ރުފިޔާގެ އެހެނިހެން ތަކެތި ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނީ މިދިޔަ މަހު 27،464 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 5،264 މީހުން ހުއްޓުވައި ސުވާލު ކުރެވުނުއިރު މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،776 މީހުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu city

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

Mal

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒާޔާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

TTH_advertisement