ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ރަށްރަށުގައި ހިންގާ ކުޅިވަރު ދާއިރާގެ 11 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ 11 މަޝްރޫއެއް، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ދިހަ ރަށެއްގައި ހިންގާ 11 މަޝްރޫއެކެވެ.

އެ ރަސްމިއްޔާތުގައި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މުހައްމަދު ފަޔާޒާއި ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް
ލ. ފޮނަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް
ލ. ހިތަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
ލ. މާވަށު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
ލ. މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ހއ. ވަށަފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
ކ. މާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ކ. ދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ކ. ގުޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ކ. ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ކ. ހިންމަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
ކ. ހުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފި

ބޮޑުތަކުރުފާނު މަގުގެ 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލައިފި

ދަނގެތީ ބަނދަރުގެ ޓީ-ޖެޓީ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ ނިމިއްޖެ

TTH_advertisement