ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކޮށްފި

Mal

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފިއެވެ.

އައިޝަތު އަލީ މިއަދު ހެނދުނު އޭސީސީއަށް ހާޒިރުކުރީ ސްވިފްޓް އިންޖިއަރިން ޕްރައިވެޓް ލިމިޓެޑަށް ހައްގު ނޫން ބަދަލެއް މިދިޔަ ސަރުކާރުން ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޝަތު އަލީގެ ގާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވީ އެ ކޮމިޝަނުން ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ބަދަލުދިން މައްސަލާގައި އައިޝަތު އަލީ އަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރަންޖެހޭ ސަބަބެއް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ވެސް ބުނެނުދެވުނު ކަމަށެވެ.

“ހަގީގަތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ސުވާލެއް ނުކުރެވޭ. އަޅުގަނޑަކަށް ހީއެއް ނުވޭ ކުރާ ތުހުމަތު އެބޭފުޅުންނަށް ސާފުވާހެނެއް. އެއީ ވަރަށް ގިނަ ވަގުތު ހޭދަވި ތުހުމަތު ސާފުކޮށްދޭން. އޭގައި އޮތް ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރިން، އެއް ކަމަކަށް ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައި އޮތް ކަމަށް،” މައުރޫފް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

ކޮރަޕްޝަނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ފަންނީ އޮނިގަނޑެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފި

ސަޢުދީއާ ރާއްޖެ ގުޅިގެން ބާއްވާ ނަޒާހަތްތެރިކަމާ ބެހޭ ބައިނަލްއަޤުވާމީ ފޯރަމް މޭ 6ގައި ފަށަނީ

ސހހ

ޓޫރިޒަމް ދާއިރާގެ ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ފޯރަމެއް ބާއްވަނީ

TTH_advertisement