ކުއްލި ޚަބަރު

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ އާންމު ވޯޓެއް ނެގުމުގައި މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފި

majilis

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދަން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ޤަރާރަކުން ކަނޑައެޅޭނެއެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާ ހާލަތްތަކުގައި އެ ބިލަކާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްވެސް އާންމު ވޯޓެއް ނެގިދާނެއެވެ.

މަޖިލީހުން އެކުލަވައިލި ގަވާއިދުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ވޯޓަށް އެހުމަށް ވަކިވަކި މެންބަރުންނާއި މަޖިލީހުގެ ރައީސަށްވެސް ހުށަހެޅުއްވޭނެއެވެ. ނަމަވެސް ރައީސް އަލުން ވިސްނުމަށް ފޮނުވާ ބިލުތަކުގައި ރައްޔިތުން ޚިޔާލު ހޯދަން ވޯޓަށް އެހުމަށް ހުށަހެޅުއްވޭނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ މެންބަރަކު ނުވަތަ ރައީސް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ޤަރާރު ހުށަހެޅުއްވުމުން އެކަން ދިރާ ކުރުމަށް ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކުރައްވާފައެވެ. މި ޤަރާރު ހުށަހަޅުއްވާތާ 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ހުށަހަޅުއްވާ ޤަރާރު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ރައީސް އަނބުރާ ފޮނުއްވާ ބިލަކާ ގުޅޭގޮތުން ވޯޓު ނެގުމަށް ޤަރާރު ފާސްކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުންނެވެ.

ގަވާއިދުގައިވާގޮތުން މަޖިލީހުން ޤަރާރު ފާސްކުރާތާ 3 ދުވަހުގެ ތެރޭގައި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤަރާރަކުންވެސް ވޯޓަށް އެހޭނެއެވެ. މި ޤާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓު މި މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

338785 01b42110 6

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

Election commission

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި 621 ވޯޓު ފޮށި ބަހައްޓާނެ

TTH_advertisement