ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށްދާ މީހުން ހޮވުމަށް މިމަހުގެ 9 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އާންމުންނަށް ފެންނާނެހެން ލައިވްކޮށް ގުރުއަތުލުން ކުރިއަށްގެންގޮސްފައެވެ.

އެގޮތުން ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް 50 މީހަކު ހޮވާފައިވެއެވެ. އަދި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި 25 މީހަކު ހޮވާފައިވެއެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައެވެ. އަދި އެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވާނަމަ [email protected] އަށް ޝަކުވާ ފޮނުވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ. މިގޮތުން މިދިޔަ 50 މީހުން އަދި މިއަހަރު 50 މީހުން ޙައްޖަށް ފޮނުވާ، މުޅި ޖުމްލަ 100 މީހުން ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

hajj umra

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި

TTH_advertisement