ކުއްލި ޚަބަރު

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

ހުޅުމާލެ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާރޖަރީގެ ޚިދުމަތް

Main 20251010 170347

ހުޅުމާލެ ހޮސްޕިޓަލްގައި ރަސްމީކޮށް އާތުރޮސްކޮޕިކް ނީ ސާރޖަރީގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށާފައި މިވަނީ، ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިޔަ މިފަދަ ސާރޖަރީއަކަށް ފަހުއެވެ.

އެ ހޮސްޕިޓަލްގައި މުޅިން އަލަށް ކުރިޔަށް ގެންދިޔަ އާތުރޮސްކޮޕިކް (ކީހޯލް) ނީ ސާރޖަރީއަކީ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށްގެންދިޔަ ސާރޖަރީއެއްކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ވިދާޅުވެފައެވެ.

ޙަލީމް އިތުރަށް ވިދާޅުވީ، މި ޓެކްނޮލޮޖީއާއެކު، ސާރޖަރީގެ ރިކަވަރީ އަވަސްވެގެންދާނެކަމުގައެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން މިވަނީ އާތްރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައި. މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީ ލިބިގެންދާނެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
ޙަލީމް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި މުޅިން އަލަށް ކުރެވުނު އާތުރޮސްކޮޕިކް ނީ ސާރޖަރީ ވަރަށް ކާމިޔާބުކަމަށާއި، އެހެންކަމުން އެ ކާމިޔާބީއާ ގުޅިގެން މުޅި ޓީމަށް ވަނީ މަރުޚަބާ ވިދާޅުވެފައެވެ.

އަދި މި ކުރިއެރުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ހީވާގި މުވައްޒަމުން ދެމިތިބޭނެކަމުގެ ޔަޤީންކަން ޙަލީމް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއް: ޚުތުބާ

minister nazim

ސިއްހީ ދާއިރާގެ ކުރިއެރުމަކީ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ: ނާޒިމް

madam saajida

ކުލުނުވެރިކަމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުން މުހިންމު: ފަސްޓް ލޭޑީ

raeees muiz

ނަފްސާނީ ސިއްހަތު ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގައި އިސްކަންދެއްވާނެ: ރައީސް

TTH_advertisement