ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުން ފަސްކުރަން ނަތަންޔާހޫ މަސައްކަތް ކުރަނީ

ބޮޑު މުޖުރިމު ނަތަންޔާހޫ

ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރުން ފަސްކުރަން ނަތަންޔާހޫ ގަސްދުގައި މަސައްކަތް ކުރަމުންދާ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، އެއްބަސްވުމަށް އަމަލުކުރަން ވާހަކަތަކުގައި ކަނޑައެޅުނު ތާރީޚަށް ބަދަލު ގެނެސް އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ހަމަޖެއްސި ގައިދީންގެ ލިސްޓަށް ބަދަލު ގެނެސް، އަދި ދެފަރާތުން އަމަލުކުރުމަށް އެއްބަސްވި ބައެއް އުސޫލުތައްވެސް އިސްރާއީލުން ބަދަލު ކުރަމުންދާ ކަމަށެވެ.

ހަމާސްއިން މިކަން ހާމަކޮށްފައި މިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށެނީ އެ އެއްބަސްވުން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށް އަދި އިސްރާއީލު ސަރުކާރުންވެސް އެއްބަސްވުން ފާސްވެގެން ކަމަށް،، ނަތަންޔާހޫގެ އޮފީހުން ބުނުމާ ގުޅިގެންނެވެ.

އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ފަހުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އިސްރާއީލު ސަރުކާރުން އެ އެއްބަސްވުން ފާސްކުރާތާ 24 ގަޑިއިރު ފަހުން ކަމަށެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ވިދާޅުވީ، ނަތަންޔާހޫ މި ފަދައިން ކަންތައް މިކުރަނީ ކަންކަމުގެ ކޮންޓްރޯލް އޮތީ އޭނާއަށްކަން އިސްރާއީލު މީހުންނަށް ދެއްކުމަށްޓަކައި ކަމަށެވެ.

ހަމާސްއިން މިހާރުވަނީ، މިކަން ބަލައި ދިނުމަށާއި، އެއްބަސްވެފައިވާ ގޮތަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް، ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތްތަކަށް ހުށަހަޅާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރުން ފަސްކޮށް، އިސްރާއީލުން މިހާރުވެސް ގެންދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ.

އެގޮތުން، ގާޒާ ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެންމެ ދީފައި ވާއިރު، މި ހަަލާގައި ޝަހީދުވި މީހުންގެ އަދަދުތަކެއް އަދި ސާފެއް ނުވެއެވެ.

ގާޒާ ސިޓީގެ މުނިސިޕަލްޓީގެ ތަރުޖަމާނު އާސިމް އަލްނަބީހް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ވެވުނު ނަމަވެސް، މައިދާނުގެ ހާލަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement