ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.
ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. އެހެން އަހަރުތަކުގައި ބާއްވާފައިވާ މިފަދަ މަހާސިންތާތަކާ މިއަހަރު ބައްވާ މަހާސިންތާއާ ތަފާތުވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ޕްރިންސިޕަލުންގެ މަހާސިންތާއާ ގުޅޭގޮތުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ މިއހަރު ބާއްވާ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ ދުނިޔޭގެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމްގެ ބިދާއިން ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށްކަމަށެވެ. ވަޒީރު ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ. މި މަހާސިންތާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މުދައްރިސުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތައް ހޯދާ މަޝްވަރާކުރުމަށް ދުރާލާ ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
“މަންހަޖް ތަންފިޒް ކުރުންކަމުގައިވިޔަސް، މުޖުތަމަޢުއާ ސްކޫލާ އޮންނަ ގުޅުން ކަމުގައިވިޔަސް، އަދި އެއީ ޕްރިންސިޕަލުން ސްކޫލް ހިންގާ ގޮތާ ބެހޭގޮތުންވިޔަސް، ކްލާސްރޫމްގައި ކިޔަވައިދޭ ފެންވަރު މަތިކުރުންކުމުގައި ވިޔަސްމެ، އެކަަމާ ގުޅުން ހުރި ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަރުދާސްތައް ފޮނުވާފައި ވަނީ.” ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު
ވަޒިރު ވިދަޅުވީ މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ އެހާ ބޮޑަށް މުދައްރިސުންގެ ބައިވެރިވުމަކާ އެކު ނޫންކަމަށެވެ. އެގޮތުން އޭރު މި ކޮންފަރެންސަކީ
ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޕްރިންސިޕަލުންނާއި މުދައްރުސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އަންނަ ގޮތަކަށް ބާއްވަމުން އައި ކޮންފަރެންސެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ހޮނިހިރު ދުވަހު ފަށާ ޕްރިންސިޕަލުންގެ ކޮންފަރެންސް ތަފާތުވާނެކަން ފާހަގަކޮށް ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަން ފަހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު