ކުއްލި ޚަބަރު

 ބީއެމްއެލް އިން ހިޔާވެހި ސްކީމްގެ ހައުސިންގ ޕްރޮޖެކްޓްތަކަށް ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމަށް އައްޑޫގެ 3 ރަށާއި މާލޭގައި 18 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަން

Ec election commission

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އައްޑު އތޮޅު ހުޅުދޫ މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މިމަހުގެ 25ވަނަ ދުވަހު ނަގާ ތާރީޚީ ވޯޓުގައި ވޯޓު ފޮށިތައް ބަހައްޓާނީ ފޭދޫއާއި ހުޅުދޫ އަދި މީދޫގެ އިތުރުން މާލޭގައި އެކަނިކަމަށެވެ.

އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށީގެ އިތުރުން މީދޫގައިވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެރަށްރަށަށް ނިސްބަތްވާ މީހުން ވޯޓުލުމަށް، ފުރަ މާލޭގެ އެއްތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮށި، ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މި ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއްވެސް ފުރިހަމަކޮށްގެންކަމަށެވެ.

އަދި މި ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ ފަރާތަަކަށްވެސް މިމަހުގެ 24ވަނަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ކެމްޕެއިންގެ ސިފައިގަވެސް ދެކޭގޮތް ހާމަކުރެވޭނެކަމަށެވެ.

“އާންމު ފަރުދަކަށްވެސް ޕާޓީއަކަށްވެސް ޖަމިއްޔާއަކަށްވެސް، ސަރުކާރުންވެސް މީހުންގެ މެދުގައި މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް، ‘އެޔަށް ކެމްޕެއިނޭވެސް ކިޔިދާނެ’، ދެކޭގޮތް ހާމަކުރުމައްޓަކައި އެމަސައްކަތް ކުރިއަށް ގެންދެވޭނެ” އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލުހޯދުމުގެ މި ވޯޓުގައި ސަރުކާރުން އެއްވެސް ކޮޅެއް ނުނަންގަވާނެކަމަށާއި، ރައްޔިތުން ނިންމާގޮތަށް ސަރުކާރުން އެކަން ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.

މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ މީދުއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްސަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.

މި ޤަރާރާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން މި މަހުގެ 25ވަނަ ދުވަހު އެއިންތިޚާބު ބާއްވަން އެކޮމިޝަނުން ވަނީ ނިންމަވާފައެވެ. އިންތިޚާބު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

މާފަންނު ބޮޑުގެ މިސްކިތް ތަޅާލާ ޒަމާނީ ރީތި މިސްކިތެއް ބިނާކުރަނީ

ރާއްޖެ ތަމްސީލު ކުރާއިރު، ޤައުމުގެ ރީތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް ނައިބް ރައީސް އެދިވަޑައިގެންފި

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ ކީވޯލްގެ މަސައްކަތް ނިންމައިފި

TTH_advertisement