ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އޮޑިޓް ފާމްތަކުގައި ދިވެހިންގެ 25 ޕަސެންޓް ހިއްސާ ލާޒިމްކޮށްފި

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އޮޑިޓް އަދި އެކައުންޓިން ކުންފުނިތަކުގައި ދިވެހިންގެ 25 ޕަސެންޓް ހިއްސާ އޮންނަންޖެހޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލުތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. ރާއްޖޭގެ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން އިއްޔެ އިއުލާނުކޮށްފައިވާ އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސްގައި ވަނީ އޮޑިޓިން އަދި އެކައުންޓިން ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސްފަ އެވެ.

މިހާރު ރާއްޖޭގައި އާނަސްޓް އެންޑް ޔަންގް، ކޭޕީއެމްޖީ އަދި ވޯޓާހައުސްކޫޕާސް ފަދަ ބޮޑެތި ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ހަރަކާތްތެރިވަނީ 100 ޕަސެންޓް ބޭރު ސްޓާފުންނާއެކު، ހާއްސަކޮށް ސްރީލަންކާ މީހުންގެ ހިއްސާއާއެކު އެވެ. މި ބަދަލާއެކު މިފަދަ ކުންފުނިތަކުގައި ދިވެހިންގެ އޯނަރޝިޕް ހިއްސާ 25 ޕަސެންޓަށް އިތުރުކުރަން ޖެހޭނެ އެވެ.

މި ބަދަލު ގެނައުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭމޯލްޑިވްސް) އާ މަޝްވަރާކޮށް ލަފާ ހޯދާފައިވާއިރު، މި ދާއިރާގެ ޕްރޮފެޝަނަލުން އެދުނީ މިއަށްވުރެ ވެސް މަތީ ހިއްސާއަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. މި ބަދަލު ތަންފީޒުކުރުމަށް ބޭރުގެ ކުންފުނިތަކަށް އެއް އަހަރުގެ ޓްރާންސިޝަން ވަގުތު ދީފައިވެ އެވެ.

އިންވެސްޓްމޯލްޑިވްސްގެ ސީއީއޯ ނޫހާ މުޙައްމަދު ރިޒާ ވިދާޅުވި ގޮތުގައި އޮޑިޓް އެކައުންޓިން ދާއިރާ މުޅިން ބަންދުކުރާ ގޮތެއް ނޫނެވެ. ނަމަވެސް ޖެނެރަލް ސޭލްސް އެޖެންޓުން، ކާގޯ ސޭލްސް އެޖެންޓުން އަދި ޕެސެންޖަރު ސޭލްސް އެޖެންޓުންގެ ދާއިރާތައް ބިދޭސީންނަށް އެއް އަހަރުތެރޭ ބަންދުވާނެ އެވެ.

ސީއޭމޯލްޑިވްސްގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އޮޑިޓް ފާމްތަކުގައި މަސައްކަތްކުރާ ބިދޭސީ އެކައުންޓެންޓުންގެ އަދަދު 4،000 އަށްވުރެ މަތި އެވެ. މި ބަދަލާއެކު ދިވެހިންނަށް މި ދާއިރާގައި ވަޒީފާ ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ. ސަރުކާރުން ދިވެހި ޗާޓަޑް އެކައުންޓެންޓުން އުފެއްދުމަށް ސްކޮލަރޝިޕް ޕްރޮގްރާމްތައް ފަށާފައިވާއިރު، މި ދާއިރާގެ ވަޒީފާތަކުގެ 50 ޕަސެންޓް ދިވެހިންނަށް ހާއްސަކުރުމުގެ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލީ ފަރާތްތަކަށް މައުލޫމާތުދީފި

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އައްޑޫ ސިޓީ ކައުންސިލާއި ގުޅޭގޮތުން ނަގާ ޢާންމު ވޯޓް މި މަހުގެ 25 ވަނަ ދުވަހު

finance

500 މިލިއަން ޑޮލަރުގެ ސުކޫކަށް އޮކްޓޯބަރު މަހުގެ ޕޭމަންޓަށް 24 މިލިއަން ޑޮލަރު

TTH_advertisement