ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

ދުވަސް ނުފުރާ ވިހާ ކުދިންނަށްދޭ “ރެޓީނާ ލޭޒަރ ޓްރީޓްމަންޓް”ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މިއަދުން ފެށިގެން އައިޖީއެމް ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ފަށާފައިވާކަމަށެވެ.

ރެޓިނާ ލޭޒަރ ޓްރީޓަމަންޓްއަކީ، ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާއެކެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލުގައި “ރެޓިނާ ލޭޒަރ ޓްރީޓްމަންޓް”ގެ ޚިދުމަތް ފެށިގެން ދިއުމަކީ، ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމަށް ލިބުނު ފަހި ފުރުޞަތެއްކަމަށެވެ.

އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ.

މީގެއިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިން ރާއްޖޭގައި އާންމުކޮށް ނުދެވޭ ފަރުވާތައް އެކި ސަރަޙައްދުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޤާއިމްކުއުމާއި، އައު ޚިދުމަތްތަކަށް ސިއްޙީ އާލާތްތައް ހޮސްޕިޓަލުތަކަށް ގެނެސް ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.

ސިއްޙި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

Image 20

ތެލަސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި ޖީޕީ ކުލިނިކެއް ހަދަން ނިންމައިފި

TTH_advertisement