ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

ސަރުކާރުން އދ. ކުނބުރުދޫގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑާއި، މަލްޓި ސްޕޯޓްސް ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކުނބުރުދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑު ބައްލަވާލައްވައިފައެވެ.

ރަސްމީކޮށް ހުޅުވި ސްޕޯޓްސް ކޯޓުގައި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އެ ކޯޓު ތަރައްޤީކުރީ ވޮލީބޯޅަ އާއި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އިތުރު ހަރަކާތްތައް ބޭއްވޭ ގޮތަށެވެ.

ދެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އަދި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ. އަދި ކުނބުރުދޫގެ ކުދިބޮޑު ރައްޔިތުން އެ އުފަލުގައި ބައިވެރިވިއެވެ.

ކުޅިވަރުގެ ދާއިރާގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް ސަރުކާރުން މުޅި ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު ވަނީ އެރަށުގައި ފަށައިފައެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ކުނބުރުދޫގައި ފުޓްބޯޅަ ދަނޑާއި ސްޕޯޓްސް ކޯޓު ތަރައްޤީކުރުމާއެކު އެރަށުގެ ޒުވާނުން ބޭނުންވި ގޮތަށް ފެންވަރު ރަނގަޅު ވަސީލަތްތައް ވަނީ މަގުފަހިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގެ އިތުރުން ތަރައްޤީގެ އިތުރު ގިނަ މަޝްރޫޢުތަކެއް ކުނބުރުދޫގައި ފައްޓަވައިދެއްވިއެވެ. އޭގެތެރޭގައި އެރަށުގައި ސްކޫލް އިމާރާތެއް އެޅުމާއެކު ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ކުނބުރުދޫ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Dsc 4208

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނަން: ރައީސް

B 202510081019181759900758.5609

ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފަށައިފި

TTH_advertisement