ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްގީގެ ދިއްލަވާލާ “ވިލުންތެރި ރާއްޖެ 2045″ ގެ ގައުމީ ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ އިސްނެންގުން ހޯދުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ “ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް ރާއްޖޭގެ ދެބައިކުޅަ އެއްބައި ރަށުގައި ނިންމާލައިފިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާ “ނެކްސިޔާ މޯލްޑިވްސް” އިން ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 5 ވަނަ ދުވަހު ކ. گُرައިދޫން ފެށި މި ބައްދަލުވުންތައް މިހާތަނަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ގދ، ހއ، ވ، އދ، މ، އަދި ޅ އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފައިވެއެވެ. މިވަގުތު ގއ، ލ، އއ، ނ، ރ، އަދި ބ އަތޮޅުތަކުގައި ބައްދަލުވުންތައް ކުރިއަށް ދާއިރު، ލ. އަތޮޅުގެ ބައްދަލުވުންތައް މާދަމާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ނެކްސިޔާ އިން ބުނެއެވެ. ބާކީ އަތޮޅުތަކުގައި ބައްދަލުވުންތައް ބޭއްވުމަށް ތާވަލް ކުރަމުންދާކަން ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ދަތުރު ގުރައިދުއަށް

TTH_advertisement