ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

sdfc

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ހޯދައިދޭ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ އުސޫލުތަކާ އެއްގޮތް ވާގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ބަދަލާއެކު އެސްޑީއެފްސީ ވެގެންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއަތާ އެއްގޮތް ޑިޖިޓަލް ސަބްސިޑިއަރީއަކަށެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ބޭނުންކުރާނީ އިސްލާމިކް ބޭންކިންގެ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓެވެ. ދެން ކުރިއަށް އޮތް ތަނުގައި ވަކާލާ ބިލް އިސްތިޘްމާރު ފަދަ އިތުރު ކޮންޓްރެކްޓްތައް ވެސް ބޭނުންކުރާނެ އެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމާލުމަށް އެސްޑީއެފްސީން ވަނީ ރާވާފަ އެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން ލޯނު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ. މި ބަދަލާއެކު ކަސްޓަމަރުންނަށް ފައިސާ ދައްކާ ނިންމުމަށް އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ފަސޭހަތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

sdfc

އެސްޑީއެފްސީ އިން އަންހެނުންނަށް ޙާއްސަ ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

sdfc

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފި

ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ފަސްލައްކަ އާ ހަމައަށް ފައިސާ ލިބޭ ލޯން ސްކީމެއް ތައާރަފުކޮށްފި

ތިޖާރާ ރަށު ފަތުރު: ފެސިލިޓީއަށް ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލައިފި

TTH_advertisement