ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައިފި

PG

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ އެކަން ހާމަކޮށްފަ އެވެ.

އެ އޮފީހުން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، ޕީޖީ އޮފީހަށް ހުށަހެޅުމަށް 19 ޖަނަވަރީ 2025 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އަދި މި އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު ޕީޖީ އޮފީހާ މަޝްވަރާ ކުރުމަށް މި މަހުގެ އަށްވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު ވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައި ކަަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަތަކުގައި ޕީޖީ އޮފީހުގެ އެހީތެރިކަން 7/24 އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް ވެސް ވަނީ އެކުލަވާލާފައި ކަމަށާ އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

konday guest house

ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި

އެމްއެމްޕީއާރުސީއަށް ފުރަތަމަ ފަހަރަށް 27 މިލިޔަން ރުފިޔާގެ ފައިދާއެއް

Vffff

ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

އެެމްއެމްޕީއާރުސީއާ ޓްރެވަލްބޭގް ގުޅިގެން، ޔޫކޭގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި

TTH_advertisement