ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ވިއްކާފައި ހުރި ޕާކިން ސްލޮޓުތައް އުވައިލާ އެންމެނަށް ބޭނުންކުރެވޭ ގޮތް ހަދައިފި

މާލޭގެ މަގުމަތިން ޕާކިން ސްލޮޓު ކުއްޔަށް ދޫކުރަން ހެދި އެއްބަސްވުންތައް އުވައިލާ، އެތަންތަން އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ.

މިގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުމަކާ ގުޅިގެންނެވެ. އެ މިނިސްޓްރީން އަންގާފައިވަނީ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލޯީ އުޅަނދުފަހަރު ޕާކުކުރުމަށް ދޫކޮށްފައިވާ ސަރަހައްދުތައް އެގޮތަށް ދޫކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާ ކަމަށެވެ.

އަދި މާލޭގައި ޕާކުކުރާނެ ޖާގަތައް މަދުވުމުގެ ސަބަބުން އާއްމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ވަކި ބަޔަކަށް އާއްމު ޖާގަތައް ޕާކުކުރުމުގެ ބޭނުމުގައި ދޫކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އެމިނިސްޓްރީން ނުދެކޭކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީގެ އެންގުމާ ގުޅިގެން މިއަދުން ފެށިގެން ވަކި ކަމކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައި ހުރިހާ ތަނެއް އެންމެންނަށް ޕާކިން ބޭނުމަށް ބޭނުންކުރެވޭ ގޮތަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕާކުކުރުމަށް ދޫކުރި ސްލޮޓުތައް އުވައިލި މައިގަނޑު ސަބަބެއްގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީއާއި ސިޓީ ކައުންސިލުން ފާހަގަކުރީ މިގޮތަށް ވަކި ބަޔަަކަށް ޕާކުކުރާ ޖާގަ ކުއްޔަށް ދޫކުރުމުގެ ސަބަބުން އާއްމު ބޭނުމަށް މާލޭގެ މަގުތަކުގައި އޮތް ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި އާއްމުންނަށް ދަތިތައް ކުރިމަތިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

TTH_advertisement