ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް އައިޖީއެމްްއެޗްގައި ކާމިޔާބުކަމާއެކު ކޮށްފި

ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލް އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް ކާމިޔާބުކަމާއެކުކޮށް، މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

އައި.ޖީ.އެމް.އެޗުން ބުނީ އެ ހޮސްޕިޓަލްގެ އެމް.ސީ.ޖީ.އެޗްގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓުން ވަނީ މި ސާޖަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ސާޖަރީތަކުގެ ތެރޭގައި ފުލް އެންޑޮސްކޮޕިކް ޓްރާންސްފޮރަމިނަލް އަދި އިންޓަރލެމިނަރ ސަރޖަރީތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

މީގެ އިތުރުން، ނިއުރޯސަރޖަރީގެ ދާއިރާގައި އަނެއް މުހިންމު ސަފުހާއެއް ވަނީ ލިޔެވިފައެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އޮކްސިޕިޓޯ-ސަރވައިކަލް ފިއުޝަން ސަރޖަރީއެއް ކާމިޔާބުކަމާއެކު ކުރެވުނުކަމެވެ.

މި ކާމިޔާބީއަކީ ހޮސްޕިޓަލުގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓަށާއި، ހޮސްޕިޓަލަށް، އަދި މުޅި ދިވެހި ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި އައިޖީއެމްއެޗުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

Image 20

ތެލަސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި ޖީޕީ ކުލިނިކެއް ހަދަން ނިންމައިފި

TTH_advertisement