ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ ޕްލޭން އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކުޅުދުއްފުށި ސިޓީގެ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒަރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން” އާންމުކޮށްފިއެވެ.

މި ޕްލޭނަކީ “މޭކިންގ ސިޓީސް ރެސިލިއެންޓް 2030” މަޝްރޫޢުގެ ދަށުން، ވީލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މިއަދު ސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓުގައި ވަނީ ސިޓީގެ ޤުދުރަތީ ސިފަތަކާއި އަހަރުން އަހަރަށް އިތުރުވަމުންދާ އާބާދީ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ޤުދުރަތީ އަރައްކާތަކުގެ އަސަރުތަކާއި އެހެނިހެން ތިމާވެއްޓަށް ކުރާ އަސަރުތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެކި އެކި ދާއިރާތައް ގުޅުވާލައިގެން ރަށު ފެންވަރުގައި ތަންފީޒުކުރެވޭ 5 ވޮލިއުމް އެއްގެ މައްޗަށް އެކުލަވާލެވޭ ޕްލޭންތަކެއް ތައްޔާރުކޮށް ހިއްސާކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕްލޭންތަކުގެ މަޤުސަދަކީ، އާބާދީ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ އެފަދަ ހާލަތަކުން އަރައިގަތުމަށް ބޭނުންވާ މަގުދެއްކުމަށްކަމަށެވެ.

މިގޮތުން ސިޓީ ކައުންސިލްގެ މި ޕްލޭންގެ ވޮލިއުމް 1 ގައި ހިމަނާފައިވަނީ ސިޓީއަށް އަރައްކާއާއި ނާޒުކުން އަދި ޤާބިލުކަން ވަޒަންކުރުމުގެ އެސެސްމަންޓް އަދި އޭގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޕްލޭން، ކާރިސާ އާއި ބެހޭ ކަންކަމުގެ ޕްލޭން އަދި ސިޓީގެ ކުއްލި ހާލަތުގެ ކަންކަން ހިންގުމުގެ ޕްލެނެވެ.

ވޮލިއުމް 2 ގައި އަރައްކާ އާއި ނާޒުކުން އަދި ޤާބިލުކަން ވަޒަންކުރުމުގެ އެސަސްމަންޓްއެއް އެކުލަވާލާފައިވާއިރު، ވޮލިއުމް 3 ގައި ހިމަނާފައިވަނީ މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޕްލޭނެކެވެ. އަދި ވޮލިއުމް 4 ގައި ކާރިސާ އާއި ބެހޭ ކަންކަން ދެމެހެއްޓުމުގެ ޕްލޭން ހިމަނާފައިވާއިރު މި ޕްލޭންގެ ދަށުން ކާރިސީ ހިރާސް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އަލުން އާރާސްތުކުރަން 4 ބައެއް ހިމެނޭހެން އޮނިގަނޑެއް ތައްޔާރުކޮށްފައިވެއެވެ.

މީގެ އިތުރުން ވޮލިއުން 5 ގެ ބައިގައި ސިޓީގެ ކުއްލި ޙާލަތުގެ ކަންކަން ހިންގުމުގެ ޕްލޭންގެ ދަށުން ސިޓީގެ ކުއްލި ހާލަތު ހިންގާ މަރުކަޒު އެކްޓިވޭޓްކޮށް، ކުއްލި ހާލަތުގެ އެހީތެރިކަމުގެ މަސައްކަތްތައް ޤާއިމްކޮށް، ހާދިސާ ކޮމާންޑް ސިސްޓަމް އާއި ގިނަ އޭޖެންސީ ވިލަރެސްކުރުމުގެ ނިޒާމު ބޭނުންކުރުމަށް އަލި އަޅުވާލާފައިވެއެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މި ޕްލޭންގެ އިސްބަހުގައި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެފައިވަނީ، މި ޕްލޭނަކީ ރައްޔިތުންގެ ފުރާނައަށާއި، ދިރިއުޅުމަށާއި، ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

މި ޕްލޭނަކީ އަޅުގަނޑުމެން މުޖުތަމަޢުއަށް ލިބިގެންދާ އަގުހުރި ކާމިޔާބީއެކެވެ. އެހެނީ މިފަދަ ޖާމިޢު އިސްތިރާޖީއެއް އެކުލަވާލައި ތަންފީޒުކުރާ ދިވެހިރާއްޖޭގެ ފުރަތަމަ ސިޓީ އަކީ އަޅުގަނޑުމެންނެވެ. މި މަސައްކަތުން ހާމަވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާތަކުން ކުރިމަތިވާ ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް އަޅުގަނޑުމެން އިސްނަގައިގެން ކުރާ މަސައްކަތެވެ. މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި ޕްލޭން އެކުލަވާލުމަށް ކައުންސިލްގެ ބަޖެޓުން 1،815،426.00 ރުފިޔާ ހަރަދުކޮށް، މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ބޭއްވި އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައި މި ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލެއާއި ކުޅުދުއްފުށްޓާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް މަސްތުވާތަކެތި ޓްރެފިކް ކޮށްގެން އުމުރަށް ޖަލަށް

ކުޅުދުއްފުށީ ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި

Matheen Mwsc

ކުޅުދުއްފުށީ ފެން އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް 2026ގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއް: މަތީން

ކުޅުދުއްފުށީގައި ހަށިހެޔޮ ކަސްރަތު ޕްރޮގްރާމު ރަސްމީކޮށް އިފްތިތާޙްކޮށްފި

TTH_advertisement