ކުއްލި ޚަބަރު

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

“ދޯސްތީ” ތަމްރީނުތަކުގެ 17ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން މާދަމާ ހުޅުވައިލަނީ

4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި އެ ފުލެޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރަން އިއްޔެ ފަށައިފިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ބިނާކުރި 4،000 ހައުސިން ޔުނިޓުގެ ފުލެޓުތައް ހަވާލުކުރަން ފެށުމުގެ ގޮތުން އިއްޔެ އެ ފުލެޓުތައް އަޅާފައިވާ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްްދާން ޝަކީލުވަނީ އަމާން އުދަރެސް 14 ވަނަ ޓަވަރުން ފުލެޓު ލިބުނު އަންހެނަކަށް އެޕާޓުމެންޓުގެ ތަޅުދަނޑި ހަވާލުކުރައްވާފައެވެ.

އެޕާޓުމެންޓުތަކުގެ ތަޅުދަނޑި ހަވަލުކުރަމުންދަނީ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ނިންމާ ފަރާތްތަކަށެވެ. މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޑިޕޮސިޓު ދައްކާފައިވާކަމަށް އެފްޑީސީން މައުލޫމާތު ދެއެއެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސްގެ 14 ވަނަ ޓަަވަރުން ދޫކުރި ފުލެޓުތަކުގެ ތަޅުދަނޑިއެވެ. ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނެއެވެ.

އެހެނިހެން ޓަވަރުތަކުގެ ތަޅުދަނޑި ދޫކުރަން ފެށުމުން، އެކަން އެ ކުންފުނީގެ ޕޯޓަަލް މެދުވެރިކޮށް އަންގަމުންދާނެ ކަމުގައިވެސް އެފްޑީސީން ބުންޏެވެ.

އަދި އެ ފުލެޓުތަކަށް ބަދަަލުވުމުގައި އެހީތެރިވުމުގެ ގޮތުން ފަރުނީޗަރާއި ބަރު ތަކެތި ފުލެޓުތަކަށް އަރުވައިދިނުމުގެ ހިދުމަތް އެ ކުންފުނިން ފޯރުކޯށްދޭކަން އެފްޑީސީން ފާހަގަކުރެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ބުކިން ހެދުމުން އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފަައިވާ ޖަގަ ބުކްކޮށް، އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

“ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުން،” އެފްޑީސީ

އެ ކުންފުނިންވަނީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ “އަމާން އަތްމަތީ ފޮތް” ނަމުގައި ވަކި ފޮތެއްވެސް ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

fdc

ފްލެޓްތަކުގެ 1،000 އަށްވުރެ ގިނަ ތަޅުދަނޑި ހަވާލުކޮށްފިން: އެފްޑީސީ

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

މަސްވެރީންނާއި ޓޫރިޒަމް މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި

TTH_advertisement