ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފެނަކަ ސަޢީދު 4 އަހަރަށް ޖަލަށްލުމަށް ކުރި ޙުކުމް އިސްތިއުނާފްކުރަނީ

Mal

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ. މި ހުކުމް ކޮށްފައިވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވުމުންނެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަ ނުކޮށް ހުރިނަމަވެސް، މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކޮށް، ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މި އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ.

ސައީދުގެ ގާނޫނީ ވަކީލު ނޫރުލް ސަލާމް “ރާއްޖެޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ބްލޭޒަންއާއެކު އެއްބަސްވުން ހެދިފައިވަނީ ސައީދު މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިންނެވެ. އޭނާ މަގާމާ ހަވާލުވިއިރު ދެ ކުންފުނީގެ ދެމެދުގައި މުއާމަލާތްތަކެއް ހިނގަމުންދިޔުމުން، އެކަމާ ގުޅޭގޮތުން ގާނޫނީ ލަފާ ހޯދާފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު އިތުރަށް ވިދާޅުވި ގޮތުގައި، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ ފެނަކައިން ދޭންޖެހޭ ފައިސާގެ އަދަދު އިތުރުވެދާނެ ކަމަށް އޭރުގެ ފެނަކައިގެ ވަކީލުން ލަފާދިންކަމަށާއި، އެ ލަފާގެ މައްޗަށް ބިނާކޮށް ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް ސައީދު ނިންމި ކަމަށެވެ. މި ސެޓެލްމަންޓް އެއްބަސްވުމުގައި ކުރީގެ އެއްބަސްވުމުގައިވާ އަދަދަށްވުރެ ކުޑަ އަދަދެއް ދިނުމަށް ހަމަޖެހުނު ކަމަށާއި، އިތުރަށް ބްލޭޒަންއިން މަސައްކަތްތަކެއް ކުރަންޖެހޭ ގޮތަށް ވެސް އެއްބަސްވުން ހަމަޖެހުނު ކަމަށް ނޫރުލް ސަލާމް ވިދާޅުވިއެވެ.

މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވަކީލު ވިދާޅުވެ، ސައީދުގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ ދައުލަތުން އެދުނު އަދަބަށްވުރެ ވެސް ބޮޑު އަދަބެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ދައުވާ އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދަނޑުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެގޮތް ހަމަޖައްސަން މަޝްވަރާކޮށްފި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

TTH_advertisement