ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެމްއެންޔޫގައި ކިޔަވާ ބޭރު ދަރިވަރުންނަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

Mal

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން “ސަޤާފީ ސައި”ގެ ނަމުގައި އެ ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނަށް ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާއަކީ އެމް.އެން.ޔޫގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ބޭރު ދަރިވަރުންނަށް ޚާއްސަކޮށް ބޭއްވުނު ޙަފްލާއެކެވެ. 10 ޤައުމެއްގެ 20 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން މި ވަގުތު ދަނީ އެމް.އެން.ޔޫގައި މަތީ ވަނީ މި ޙަފްލާގައި ބައިވެރިވެފައެވެ. އެ ދަރިވަރުންނާއި މުޙާތަބުކޮށް އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ވާހަކަ ދައްކަވައިފައެވެ.

ވައިސް ޗާންސެލާ ގެ ވާހަކަފުޅުގައި، އެމްއެންޔޫގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން މި ޙާފްލާ އިންތިޒާމްކުރުމަށް ދެއްވެވި އެއްބާރުލުމަށް ވަނީ ޝުކުރު ޢަދާކުރައްވައިފައެވެ. އަދި މިފަދަ ޙަފްލާތަކުގެ ސަބަބުން ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ސަޤާފަތް ތަމްޞީލުކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެކަން ވަނީ ފާހަގަކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ތަފާތު އެކި ޔުނިވާސިޓީތަކާއި ގުޅިގެން ދިރާސާތަކާއި އެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އެތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކުން ދިވެހިރާއްޖެ އިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް އަންނަ ބޭރު ދަރިވަރުންގެ އަދަދު އިތުރުވުމުގެ މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި

990

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

Ii

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހްކޮށްފި

TTH_advertisement