ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

ސައީދުގެ އާއިލީ ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ދީގެން 49.7 މިލިއަންގެ ކޮރަޕްޝަން ހިންގާފައިވޭ!

Mal

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު އެކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް ޖުމްލަ 49.7 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އޮޑިޓް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ.

ސައީދުގެ އާއިލީ ތިން ކުންފުންޏަކާ އެކު މުދަލާ ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް، 2021-2023އާ ދެމެދު ހެދި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އެއީ ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ކުންފުންޏެކެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ.

ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި އެ ކުންފުންޏަށް ފެނަކައިން 84 އެއްބަސްވުމެއްގެ ދަށުން 22.2 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވެ އެވެ. ބިޑަކާ ނުލައި ދިން އެ މަސައްކަތްތަކަށް 16.4 މިލިޔަން ރުފިޔާ ދޫކޮށްފަައިވާ ކަން ވެސް އޮޑިޓުން ހާމަވެއެވެ.

ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

އެ ކުންފުންޏަށް ހަ އެއްބަސްވުމެއްގެ ދަށުން 15.7 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރި ކަމަށް އެ ރިޕޯޓްގައިވެ އެވެ. އޭގެ ތެރެއިން 10.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައިވާކަން އެ ރިޕޯޓުން ހާމަވެ އެވެ.

ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން އެ ކުންފުންޏާ އެކު ސޮއިކުރި ދެ އެއްބަސްވުމުގެ އަގު 11.6 މިލިޔަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 4.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ.

އެ ތިން ކުންފުންޏަށް ދޫކުރި ފައިސާގެ ޖުމްލަ އަކީ 31.1 މިލިޔަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދަނޑުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެގޮތް ހަމަޖައްސަން މަޝްވަރާކޮށްފި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

TTH_advertisement