ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Mal

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެމިލީ ކޯޓުގެ ގާޒީކަމަށް އެދި އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެޕްލިކޭޝަނުގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހަމަ އެ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ފެމިލީ ކޯޓުގެ ގާޒީންނަށް މަހަކު 55،700ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭނެ އެވެ. އަދި  ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފެމިލީ ކޯޓުގެ ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުން މަތީގެ އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭނެ ކަމަށް އެ މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ރޯދަ މަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ކަނޑައަޅާފައިވާ ގަޑިތައް އާންމުކޮށްފި

Mal

ފެމިލީ ކޯޓު ހިންގުން އަބްދުﷲ ގާޒީއާ ހަވާލުކޮށްފި

TTH_advertisement