ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބީ.އެމް.އެލް.އަށް ޔުއާން އެކައުންޓުތައް ތަޢާރަފުކޮށްފި

ދިވެހި އިޤުތިޞާދު ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.)ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޡާމުތަކެއް އެ ބޭންކުން އަދު ތަޢާރަފުކޮށްފިއެވެ.

ބީ.އެމް.އެލް.ގެ ޔުއާން އެކައުންޓުތައް ތަޢާރަފުކުރުމަށް މި އަދު ބޭއްވި ރަސްމިއްޔާތުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްވާއާއި، ބީ.އެމް.އެލް.ގެ ޗެއަރޕަރސަން ޢަލީ ޙަބީބާއި، އެ ބޭންކުގެ ސީ.އީ.އޯ. އަދި އެމް.ޑީ. މުޙައްމަދު ޝަރީފުގެ އިތުރުން، ބޭންކުގެ އެހެނިހެން އިސްވެރީން ބައިވެރިވެވަޑައިގަތެވެ.

ޔުއާން އެކައުންޓްގެ ޚިދުމަތް އިފްފިތާޙުކުރަން އަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީ.އެމް.އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ. މުޙައްމަދު ޝަރީފު ވިދާޅުވީ، އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ ކަސްޓަމަރެއްގެ ބީ.އެމް.އެލް. ވިސާ ނުވަތަ މާސްޓަރ ކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތަށެވެ.

އިންޓަރނެޓް އަދި މޯބައިލް ބޭންކު މެދުވެރިކޮށް ޗައިނީޒް ޔުއާން ކަރަންޓް އެކައުންޓު ހުޅުވުމުގެ ފުރުޞަތު ފަރުދުންނާއި ވިޔަފާރިތަކަށް ހުޅުވައިލުމުގެ އިތުރަށް، ޔުއާން މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓްރާންސްފަރ ނުވަތަ ޓީ.ޓީ. ހެދުމުގެ ޚިދުމަތް ވެސް ބީ.އެމް.އެލް.އިން ތަޢާރަފުކޮށްފައިވެއެވެ. ހަމަ އެހެންމެ، ޓީ.ޓީ. މެދުވެރިކޮށް ޔުއާންއިން ފައިސާ ލިބިގަނެވޭނެ ޚިދުމަތް ވެސް ތަޢާރަފުކޮށްފައިވެއެވެ.

މީގެ އިތުރުން، މުދާ އެތެރެކުރާ ފަރާތްތަކަށާއި ބޭރުކުރާ ފަރާތްތަކަށް ޗައިނީޒް ޔުއާންއިން އެލް.ސީ. ނުވަތަަ ލެޓަރ އޮފް ކްރެޑިޓް ތައްޔާރުކުރެވޭނެއެވެ. މި ކަމުގެ ސަބަބުން ޗައިނާ ވިޔަފާރިތަކާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް ވަރަށް ބޮޑަށް ފަހިވެގެންދާނެއެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހީންނަށް ފަސޭހައިން ފައިސާގެ މުޢާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުޞަތެއް. މީގެ އިތުރުން، ކަސްޓަމަރުންނަށް ޔޫ.އެސް.ޑީ. ޑެބިޓް، ޔޫ.އެސް.ޑީ. ކްރެޑިޓް އަދި ޓްރެވަލް ކާޑުތައް ވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ. ބީ.އެމް.އެލް.އިން

މި ޚިދުމަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހައިތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ޙައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް. ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ބީ.އެމް.އެލް.އިން މިއަދު ތަޢާރަފުކުރި ޚިދުމަތްތަކާ ހަމައިން މި ކަން ނިމުނީއެއް ނޫނެވެ. އަންނަ ޖަނަވަރީ މަހު، ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބި ޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތަޢާރަފު ކުރާނެ ކަމަށް ޝަރީފު މަޢުލޫމާތު ދެއްވިއެވެ. ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180އަށް ވުރެ ގިނަ ޤައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.

ޝަރީފް ވިދާޅުވީ، މިއަދު ބީ.އެމް.އެލް.އިން ތަޢާރަފުކުރި ޚިދުމަތްތަކަކީ، ރާއްޖޭގެ އިޤުތިޞާދީ ދާއިރާ ތަރައްޤީކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤުތިޞާދާއި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވައިލުމުން، ބީ.އެމް.އެލް.ގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަން ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement